އެމެރިކާއިން އިންޑިއާއާއެކު ކުއޯޑްގެ ނަމުން އަސްކަރީ އިއްތިހާދެއްގައި އުޅުމަށްފަހު އޮސްޓްރޭލިއާއާއި ޔޫކޭއާއެކު އިތުރު އަސްކަރީ ޖަމާއަތެއް ހެދުމަށްފަހު އިންޑިއާއަށް އަންގާފައި ވަނީ މި އިއްތިހާދުގެ ސަބަބުން ކުއޯޑަށް އަސަރެއް ނުކުރާނެ ކަމަށެވެ.

ކުއޯޑަކީ އިންޑިއާއާއި އެމެރިކާއާއި ޖަޕާނާއި އޮސްޓްރޭލިއާ ބައިވެރިވާ އަސްކަރީ ނުރަސްމީ ޖަމާއަތެކެވެ. މީގެ މަގްސަދެއްކަމަށް އިންޑިއާއިން ޕްރޮމޯޓް ކޮށްފައި ވަނީ ކަނޑުތައް ހުޅުވާފައި ބެހެއްޓުމާއި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ޗައިނާއަށް ބާރުދެއްކުމަށް ހުރަސް އެޅުމާއި ޗައިނާގެ އަސްކަރީ ހަންފެތުރުމާ ކުރިމަތި ލުމެވެ.

އެމެރިކާއިން އޮސްޓްރޭލިއާއާއި ޔޫކޭއާއެކު އަސްކަތީ ތަމްރީންތައް ބާއްވަން އައުކަސް މިލިޓަރީ އެލައެންސް ހަދާފައި ވަނީ އިންޑިއާއަށް އެންގުމަކާ ނުލައި ކުއްލި ގޮތަކަށެވެ.

އެމެރިކާގެ ދިފާއީ ވަޒިރު ލުއޭޑް އޮސްޓިން ވަނީ މި އިއްތިހާދާ ބެހޭ ގޮތުން އިންޑިއާ ރުއްސުމަށް އިންޑިއާއށް މަޢުލޫމާތު ދެއްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ މި އިއްތިހާދު އޮތްނަމަވެސް ކުއޯޑްގެ ހަތަރު ގައުމުގެ އަސްކަރީ ނުރަސްމީ އިއްތިހާދުގެ މަސައްކަތް އޮންނާނެ ކަމަށެވެ. އަދި އަސްކަރީ ތަމްރީންތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކުއޯޑްގެ ގައުމުތަކާއެކު އިންޑިއާއިން އެމެރިކާގެ ގުއާމްގައި މަލާބާރު އަސްކަރީ ތަމްރީންތައް ނިންމާލާފައި ވަނީ ދާދީ މިދާކަށް ދުވަހުއެވެ.