ފްރާންސްގައި އަނެއްކާވެސް މީހެއްގެ ބޯބުރިކޮށް މަރާލައިފިއެވެ.

މިފަހަރު ބޯބުރިކޮށް މަރާލާފައިވަނީ އަންހެނެއްގެއެވެ.

ފްރާންސްގެ ސިޓީއެއް ކަމަށްވާ ނީސްގެ ފައްޅިއަކަށް މީހަކު ވަޅިހިފައިގެން ވަދެ މިއަދު ދިން ހަމަލާގައި އިތުރު 2 މީހަކުވެސް މަރުވެފައި ވެއެވެ. އަދި މި ހަމަލާގައި އިތުރު އެތައްބަޔަކު ޒަޚަމްވި ކަމަށް ފުލުހުން ބުނެއެވެ.

މިހަމަލާދިން މީހާ ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާއިން ބުނެއެވެ. އަދި އޭނާ މިހާރު އޮތީ ހޮސްޕިޓަލުގައި ކަމަށްވެސް ބުނެއެވެ.

ފްރާންސްގައި އަނެއްކާވެސް މީހެއްގެ ބޯބުރިކޮށްލައި މަރާލާފައިމިވަނީ، މިފަދަ ހާދިސާއެއް މިމަހުގެ ކުރީކޮޅުވެސް ހިނގައި، މަސްރަހް ވަރަށް ނުތަނަސްވެފައި ވަނިކޮށެވެ.

ނަމަވެސް، މިއަދު ހިނގި މިހާދިސާއާއި، މިމަހުގެ ކުރީކޮޅު ހިނގި ހާދިސާއާ ގުޅުމެއްވާކަމެއް އަދި މިކަމަކީ، ރަސޫލާއަށް ކާޓޫނު ކުރަހައިގެން އުފެއްދިގެން އުޅޭ މައްސަލަތަކާ ގުޅުންހުރި ކަމެއްކަން އަދި ސާފު ނުވާކަމަށް ފްރާންސްގެ މީޑިއާއިން ބުނެއެވެ.

މިއަދުގެ ހާދިސާއާ ގުޅިގެން ފުލުހުންވަނީ ފައްޅި ހުންނަ ސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ.