އެމެރިކާގެ މޮޑާނާ ވެކްސިންއާއި ފައިޒަރ ވެކްސިން އިންޑިއާ އިން ނުގަންނާނެ ކަމަށް ސަރުކާރުގެ މަސްއޫލުވެރިން ވިދާޅުވާ ކަމަށް ރޮއިޓަރޒްއިން ބުނެއެވެ. އިންޑިއާއިން މި ގޮތަށް ނިންމާފައި ވަނީ، މކި ވެކްސިންއަކީ އިންޑިއާގައި އުފައްދާ ވެކްސިންއަށް ވުރެން އަގު ބޮޑު ވެކްސިންއަކަށް ވެފައި މި ވެކްސިން ގުދަން ކޮށް ރައްކާ ކުރުމުގައި އިންޑިއާ ވެކްސިންއަށް ވުރެން އުދަގޫ ވުމުގެ ސަބަބުންނެވެ.

ފައިޒަރއާއި މޮޑާނާއަކީ އަމިއްލަ ކުންފުނިތަކަށް ވެކްސިން ނުވިއްކާނެ ކަމަށާއި އަދި ސަރުކާރުތަކަށް ނޫނީ ވެކްސިން ނުވިއްކާނެ ކަމަށް ބުނެފައިވާ ދެ ކުންފުންޏެވެ.

މިހާރު ދުނިޔޭގެ އެންމެ އާބާދީ ގިނަ ދެ ގައުމު ކަމަށްވާ އިންޑިއާއާއި ޗައިނާގައި މި ވެކްސިން ލިބޭކަށް ނުހުންނާނެއެވެ.

މި ދެ ވެކްސިން ޖެހުމުގެ ސަބަބުން ދިމާވާ ސައިޑްއެފެކްޓްސްއާ ދެކޮޅަށް ދައުބވާ ނުކުރެވޭ ގޮތަށް ދެ ފަރާތުން ހުށަހެޅި ހުށަހެޅުންވެސް އިންޑިއާއިން ވަނީ ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ. މި ދެ ވެކްސިންއަކީ އެމެރިކާއާއި ޔޫރަޕްގައި އެކަނި އުފައްދާ ދެ ވެކްސިންއެވެ.

އިންޑިއާގައި އުފައްދާ އެހެން ގައުމުތަކުގެ ވެކްސިންއަށްވެސް އިންޑިއާއިން ގާނޫނީ ރައްކާތެރިކަން ދީފައެއް ނުވެއެވެ.