ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްރަކަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މި ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރައި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި އެ ސަރަޙައްދުގެ ކަނޑުތައް ވެސް ގަދަވެ ރާޅުއަރާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 07:30 އިން 11:30 އާ ހަމައަށެވެ.