މޫސުން ގޯސްވެ ސަފާރިއެއް ދިޔަވަތީ ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، “ހޭންޑީ ކުރޫޒާ” ސަފާރި ކ.ތިލަފުށި ހުޅަނދު ދެކުނުން 4 ނޯޓިކަލް މޭލު ބޭރުން ދިޔަވެގެން އެމްއެންޑީއެފް ކޯށްޓް ގާޑުންގެ ސްކޮޑަރުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާކަމަށެވެ.

މި ސަފާރީ އިން ދަތުރުކުރި 17 މީހަކުން ކޯސްޓްގަޑަށް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގެ ރިޕޯތް ލިބުފައިވަނީ މިއަދު ހެނދުނު 08:39 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މިދުވަސްވަރު ރާއްޖޭގެ މުސުން ގޯސްވެފައިވާތީ ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މޫސުން ގޮސްވެ ބޮޑު ބަޔަކަށް ވަނީ އޮރެންޖު އެލާޓްވެސް ނެރެފައެވެ.