އިނގިރޭސިވިލާތުގެ ނިއުކްލިއަރ އިން ހަކަތަ އުފައްދާ އިންޖީނުގެއެއް އެޅުމަށް ކުރިން ޗައިނާ ކުންފުންޏެއް ބައިވެރިކުރަން ނިންމުމަށްފަހު، އިނގިރޭސި ސަރުކާރުން މިހާރު ވަނީ ޗައިނާ ކުންފުންޏެއް ބައިވެރި ނުކުރާން ނިންމާފައެވެ. ޗައިނާ ކުންފުނި ބޭރުކުރުމަށް ނިންމާފައި ވަނީ ގައުމީ ސަލާމަތީ ސަބަބުތަކާ ހެދިއެވެ.

އިނގިރޭސި ސަފޯލްކް ސިޓީގައި ބުނާ ކުރާ ސައިޒްވެލް ސީ ނިއުކްލިއަރ ޕްލާންޓްގެ 80 އިންސައްތަ އިންވެސްޓް ކުރަނީ ފްރާންސްގެ ކުންފުންޏަކުންނެވެ. ބާކީ 20 އިންސައްތައިގައި އިންވެސްޓް ކުރުމަށް ޝައުގުވެރުކަން ފާޅުކުރީ ޗައިނާގެ ޖެނެރަލް ނިއުކްލިއަރ ޕަވަރ ގްރޫޕުންނެވެ.

އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ ޗައިނާ ކުންފުނި މިއިންވެސްޓްމެންޓުން ބޭރުކުރުމުން އިނގިރޭސި ޕެންޝަން ފަންޑުގެ ފައިސާ އިންވެސްޓް ކުރުމަށް ދައުވަތު ދެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުން ފައިދާ ލިބެން ފެށުމުން މިއިންވެސްޓްމެންޓް ވެގެންދާނީ ޕެންޝަން ފަންޑަށް ބޮޑު އާމްދަނީއެއް ލިބޭ ކަމަށެވެ.

އިނގިރޭސިވިލާތުން ނިއުކްލިއަރ ޕްލާންޓް އުފެއްދުމުގައި ޗައިނާ ކުންފުނި ބައިވެރި ނުކުރާން ނިންމީ އެމެރިކާއާއި އޮސްޓްރޭލިއާއާއި ޔޫކޭ ބައިވެރިވާ އަސްކަރީ އިއްތިޙާދުގެ ސަބަބުން ކަމަށް ބެލެވެއެވެ. މިއީ ޗައިނާއާ ކުރިމަތިލުމަށް އެކުލަވާލާފައިވާ އިއްތިޙާދެކެވެ.