އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 އާއު އައިފޯން 12 ޕްރޯ އުރީދޫއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މި މޮޑެލްތަކުގައި ރީތި އައު ޑިޒައިންތަކެއް ހިމެނެއެވެ. އައިފޯން 12 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާ އެކު، އެޖް-ޓު-އެޖް ސުޕަރ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭ ހިމަނާފައިވެއެވެ. ހަމައެއާއިއެކު، ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާއި އެކު، އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕް ކަމަށް އުރީދޫން ވިދާޅުވެފައިވެއެވެ.

އޮކްޓޯބަރ 30 ވަނަ ދުވަހުން ފެށިގެން މޫލީ މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯން 12 އަދި އައިފޯން 12 ޕްރޯ، ޕްރީއޯޑަރ ކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/app އަށް ޒިޔާރަތް ކުރެއްވުމަށް އުރީދޫއިން ވިދާޅުވެފައިވެއެވެ.