މިއަހަރަކީ އިންޑިއާގައި ޕްރައިވެޓައިޒޭޝަން އަށް މުހިންމު އަހަރެއް ކަމުގައި އިންޑިއާގެ ބޮޑު ވަޒީރުގެ އިސް އިގްތިސާދީ އެޑްވައިޒަރު ވިދާޅުވެއެވެ. އިންޑިއާ ސަރުކާރުން ވަނީ ބަންޑާރަ ކުންފުނިތައް ވިއްކާލަން ނިންމާފައެވެ. މި ކުންފުނިތައް ވިއްކާލުމުގެ މަގްސަދަކީ ދަރަނިން ސަލާމަތް ވުމާއި އިންޑިއާއަށް މުހިންމު ވެފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމެވެ.

ކްރިޝްނާ މުރުތީ ސުބްރާމަނިއަމް ވިދާޅުވާގޮތުގައި މިއަހަރު އިންޑިއާ ސަރުކާރަށް ބަންޑާރަ ކުންފުނިތައް ވިއްކައިގެން އެއްހާސް ހަތްސަތޭކަ ބިލިއަން ރުޕީސް ސަރުކާރަށް ލިބޭނެކަމަށް ބަޖެޓްކޮށްފައި ވެއެވެ.

އިންޑިއާއިން ވިއްކާލާ ކުންފުނިތަކުގެ ތެރޭގައި ދަރަނި ބޮޑުވެފައިވާ އެއަރ އިންޑިއާ ކުންފުނި ހިމެނެއެވެ. އޭގެ އިތުރުން ލައިފް އިންޝޫރެންސް ކޯޕަރޭޝަން އޮފް އިންޑިއާއި ބާރަތު ޕެޓްރޯލިއަމްވެސް ވިއްކުމަށް ހަމަޖައްސާފައި ވެއެވެ.

އިންޑިއާ ސަރުކާރުން ވަނީ މި ކުންފުނިތައް ވިއްކައިގެން ލިބޭ ފައިސާ ވަކި އެކައުންޓެއްގައި ބަހައްޓައިގެން ގައުމުގެ އިންފްރާސްޓްރަކްޗަރގެ މަސައްކަތަށް އެއިން ހޭދަ ކުރާށެވެ.