އަފްޣާނިސްތާންގެ ހެލްމަންދް ޕްރޮވިންސްގައި ފިރިހެނުން ޒަމާނީ ގޮތްގޮތަށް ބޮލުގެ އިސްތަށިގަނޑު ކޮށާފައި ބެހެއްޓުމާއި ތުނބުޅި ބޭލުމަކީ މަނާކަމެއް ކަމަށް ތާލިބާނުން ނިންމައިފިއެވެ.

ތާލިބާންގެ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ހެލްމަންދުގެ ވެރިރަށް ލަޝްކަރު ގާހްގައި ބޯކޮށާ ތަންތަން ހިންގާ މީހުންނާއެކު ބެއްވި ބައްދަލުވުމެއްގައި އިރުޝާދު ދީފައި ވަނީ ތުނބުޅި ބޭލުމާއި ސްޓައިލަށް ބޯ ކޮށައި ދިނުމަކީ މަނާކަމެއް ކަމަށް ރަޝިޔާގެ ނޯވޯސްޓީ ނޫސް އެޖެންސީން ރިޕޯޓް ކުރެއެވެ. އަދި ބޯކޮށާ ތަންތާނގައި އެއްވެސް މިއުޒިކެއް ޖެހުމަކީ މަނާކަމެއް ކަންވެސް އަންގާފައި ވެއެވެ.