އއ. ހިމަންދޫ ރޯޒްމީޑް މުޙައްމަދު ސުލްޠާން އިންޑީއާގެ ޕޫނޭގައި ސިފައިންގެ ތަމްރީނުތަކެއް ފުރިހަމަ ކުރަމުން ދަނިކޮށް ނިޔާވުމުން އޭނާގެ އާއިލާއަށް ޕީޕީއެމް/ޕީއެންސީއިން ތައުޒިޔާ ފޮނުވައިފިއެވެ. އެ ކޯލީޝަނުން ބުނެފައިވަނީ އެ ޚަބަރު "މިކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއިއެކު" ކަމަށެވެ. އެވެ.
"ލާންސް ކޯޕްރަލް މުޙައްމަދު ޝުލްޠާން އަކީ އެންމެންނާވެސް ގުޅޭ އަދި އެހާމެ ހިތްވަރު ގަދަ ކުޅަދާނަ ސިފައިންގެ ބޭކަލެކެވެ. މަރްޙޫމް މުޙައްމަދު ސުލްޠާން ގެ ފުރާނަފުޅަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި" ކޯލިޝަނުން ބުނެފައިވެއެވެ.
މުޙައްމަދު ސުލްޠާންގެ ލޮބުވެތި ޢާއިލާއާއި އެކުވެރިންނަށް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި އެ ކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވެ، ސުލްޠާންގެ ޢާއިލާއާއި އެކުވެރިންނަށް އަދި އެންމެހާ ސިފައިންނަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެ ކޯލިޝަންގެ ލީޑާރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި އަދި އެ ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.