ޕާކިސްތާންގެ ބާނީ ގާއިދޭ އައުޒަމް މުޙައްމަދު ޢަލީ ޖިނާހްގެ ހަނދާނުގައި ބަހައްޓާފައިވާ ބުދެއް ބަލޯޗިސްތާންގައި ހަނގުރާމަވެރިންގެ ބަޔަކު ގޮއްވާލައިފިއެވެ. ބަލޯޗިސްތާންގެ ގަވަދާރުގައި ބަހައްޓާފައިވާ މި ބުދަކީ، ޖިނާހްގެ ހަނދާނުގައި މީގެ އަހަރެއް ކުރިން ބެހެއްޓި ބުދެކެވެ.

ޑޯން ނޫހުން ރިޕޯޓް ކުރި ގޮތުގައި ޓެރަރިސްޓުންގެ ބަޔަކު މި ބުދު ގޮއްވާލާފައިވާ ކޮނެގެން ދަށުގައި ގޮވާތަކެތި ބަހައްޓައިގެންނެވެ.

ބަލޯޗިސްތާނަކީ ހަމަނުޖެހުން ބޮޑު ސަރަހައްދެކެވެ. މިދިޔަ ހަފްތާގައިވެސް ޕާކިސްތާން ސިފައިންގެ މީހަކު މަރާލާފައި ވެއެވެ. ބަލޯޗިސްތާންގައި ހަމަނުޖެހުން ހިނގަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ.