ޗައިނާގައި ހަކަތަ ބޭނުންކުރާ މިންވަރު ދަށް ކުރުމަށާއި ކާރބަން ބޭނު ކުރާ މިންވަރު މަދުކުރުމުގެ ގޮތުން ބައެއް ޕްރޮވިންސްތަކުން ދަނީ ހަކަތަ ބޭނުން ކުރާ މިންވަރު މަދު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ޒީޖިއާން ޕްރޮވިންސްގައި ހަކަތަ ބޭނުން ކުރާ މިންވަރު ކޮންޓްރޯލް ކުރުމުގެ ސަބަބުން ބައެއް ކާރިޚާނާތަކުގައި ވަގީ ގޮތުން މަސައްކަތް ހުއްޓާލުމަށްވެސް އަންގާފައި ވެއެވެ.

ޒީޖިއާންއަކީ ޗައިނާގައި ފޮތި ވިއުމުގެ މަސައްކަތުގެ މުހިންމު ސަރަހައްދެކެވެ. ގާތްގަނޑަކަށް ޗައިނާގެ ފޮތީގެ 30 ޕަސެންޓް ވިއެ އުފައްދަނީ ޒީޖިއާންގެ ކާރުޚާނާތަކުންނެވެ.

ޕްރޮވިންސްގެ ސަރުކާރުން، ހަކަތަ އިތުރަށް ބޭނުންކުރާ ޕްލާސްޓިކްއާއި ދަނގަޑާއި ކުލަ އުފައްދާ ކާރިޚާނާތަކަށް އަންގާފައި ވަނީ އެތަންތަނަށް ބޭނުންވާ ހަކަތަ އުފެއްދުމަށްޓަކައި އައު ގޮތްތައް ހޯދުމަށެވެ.

ހަކަތަ ބޭނުން ކުރުމަށް އެޅިފައިވާ ހުރަސްތަކާއި ކާރުޚާނާތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ޗައިނާއިން މުދާ އުފައްދާ މިންވަރާއި ކަސްޓަމަރުންގެ އޯޑަރުތައް އޭގެ ވަގުތުގައި ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ކާރުޚާނާތަކުން ބުނެއެވެ.

ޗައިނާއިން ގަދައަޅައި މަސައްކަތް ކުރަމުން ދަނީ އެގައުމުން ކާބަން ބޭނުން ކުރާ މިންވަރުދަށް ކުރުމަށާއި ސާފު ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރާށެވެ.