އިންޑިއާގެ ރައްޔިތުންގެ ސިއްޙީ މަޢުލޫމާތު އޮންލައިކޮށް ލިބޭ ގޮތް ހެދުމަށް ނިންމައި ކޮންމެ ސިއްޙަތާ ބެހޭ މަޢުލޫމާތު ލިބޭނޭ ޑިޖިޓަލް އައިޑީކާޑެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގައި ކޮންމެ އިދާރާއަކުން ވަކިވަކިން ކާޑުތައް ދޫކޮށް ހަދައެވެ. އެއްވެސް އެއް އިދާރާއަކުން އަނެއް އިދާރާއެއްގެ ކާޑު އިތުރު އެހެން ޑޮކިއުމެންޓަކާ ނުލައި ފުރިހމަވާ ކަމަކަށް ނުވެއެވެ.
ޑްރައިވިންގ ލައިސަންސާއި ޕާސްޕޯޓާއި އާދާރް ކާޑާއި ރޭޝަން ކާޑުވެސް ވަނީ ތައާރަފް ކޮށްފައެވެ. މިހަތަރު ކާޑްގެ އިތުރުން ސިއްޙަތާ ބެހޭ މަޢުލޫމާތު ހިމެނޭ ސިއްޙީ އިންޝޫރެންސާ ބެހޭ ކަންކަމުގައި އިތުރު ކާޑެއް މި ތައާރަފް ކުރީއެވެ.
ފާޑު ކިޔާ ފަރާތްތަކުން ބުނަނީ އިންޑިއާގައި ޒާތީ މަޢުލޫމާތު ޙިމާޔަތް ކޮށްދޭނެ ގާނޫނެއް ނެތް ހިނދު އަދި މީހުންގެ ޒާތީ ޚާއްސަ ކަންކަމަށް ސަރުކާރުން އަރައިގަނެ، މީހުންގެ ބޯކޮޅު ބަލަމުންދާ ދުވަސްވަރެއްގައި ހެލްތު އިންޝޫރެންސްގެ ނަމުގައި މިފަދަ ކަމެއް ކުރުމުން ސުއާލު އުފެދެއެވެ.
އިންޑިއާގެ ބޮޑު ވަޒިރު ނަރެންދުރަ މޮދީ ވަނީ ރައްޔިތުންގެ އެންމެނަށް ސިޙަތާ ބެހޭ މަޢުލޫމާތު ހިމެނޭ ކާޑެއް ދެވުމަކީ ވަރަށް ޚާއްސަ މަސައްކަތެއްކަމަށް ވިދާޅުވެ އެކަމަށް ތައުރީފް ކުރައްވާފައެވެ.