އިންޑިއާއިން އާކާޝް މިސައިލް އިތުރަށް ތަރައްގީކޮށް ކާމިޔާބު ކަމާއެކު ޓެސްޓް ކޮށްފިއެވެ. އޮޑިއްސާގެ ޗަންދީޕޫރް ޓެސްޓް ގްރައުންޑްގައި މި މިސައިލް ޓެސްޓް ކުރުމަށް ބޭނުން ކުރީ ދުޝްމަން މަތިންދާ ބޯޓެއް ރަމްޒުކޮށްދޭ އުޅަނދެކެވެ.
އާކާޝް މިސައިލުން ވަނީ މި އުޅަނދަށް ހުރަސް އަޅައި ގޮއްވާލާފައެވެ. އިންޑިއާއިން ކުރިން ބޭނުންކުރާ އާކާޝް މިސައިލްއާ ޚިލާފަށް ތަރައްގީ ކޮށްފައިވާ މި މިސައިލްއަށް ނަންދީފައި ވަނީ އާކާޝް ޕްރައިމް އެވެ. އާކާޝް ޕްރައިމްގައި އާރްއެފް ސިސްޓަމެއް ހަރުކޮށްފައި ވެއެވެ. މި އާރްއެފް ނިޒާމުގެ ސަބަބުން އޭގެ އަމާޒުފަތްގަނޑުތައް ފަސޭހަކަމާއެކު ހޯދައި ގަނެއެވެ. އަދި މިއީ ޖައްވު ފިނިވެފައިވާ އިރުވެސް މަތީ ފަށަލައިގައި ހަރަކާތްތެރިވެވޭ ފަދަ މިސައިލެކެވެ.