މާލޭގެ ބައެއް ސަރަހައްދުން ފެނުގެ ޚިދުމަތް މިރޭ ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ހެންވޭރުގެ ބައެއް ސަރަހައްދުން ފެން ކެނޑޭނީ މިރޭ 11 އިން ދަންވަރު 3 ޖަހަންދެން ކަމަށެވެ.

ފެން ކަނޑާލަނީ މާލޭ ސިޓީ ކައުންސިލުގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން މަސައްކަތް ކުރުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅައިލުމުގެ މަސައްކަތް އެވަގުތުގައި ކުރާނެ ކަމަަށް ވަނީ ބުނެފަ އެވެ.

މި މަސައްކަތް ކުރުމަށް ފެން ކަނޑާލާ ސަރަހައްދުތަކަކީ ސަނދުބަރަކާ ގޯޅިއާއި ކަސްތޫރިމަގާއި ދެމެދުން، ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުންނާއި އަމީރު އަހުމަދު މަގާއިި ވައިލެޓްމަގާއި ދެމެދުން ސީސަންމަގާއި ދުނބުރި މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން ނެވެ.

ފެނުގެ ޚިދުމަތް ކަނޑާލާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަަށް އެދިފަ އެވެ