އިތުރު 2 ރަށެއް މޮނިޓަރިންގއަށް ލައިފި އެވެ.

އެގޮތުން މޮނިޓަރިންގ އަށް ލާފައިވަނީ ށ. މާއުނގޫދޫ އާއި ފ. ނިލަންދޫ އެވެ.

ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވް ވުމުން މާއުނގޫދޫ މޮނިޓަރިންގ އަށް ލީ އިރު، ނިލަންދޫ މޮނިޓަރިންގ އަށް ލީ ފްލޫ ކްލިނިކަށް ދެއްކި ފަސް މީހުން ޕޮޒިޓިވް ވުމުން ނެވެ.

މިއާއެކު ކ.ގާފަރު، ސ، މަރަދޫ ފޭދޫ، ސ. ފޭދޫ، ސ. މަރަދޫ އަދި ސ. ހިތަދޫ އޮތީ މޮނިޓަރިންގ ގަ އެވެ. އަދި ސ. ހުޅުމީދޫ، ގއ. ގެމަނަފުށި، ގއ. މާމެންދޫ، ތ. ދިޔަމިގިލި، ގއ. ވިލިންގިލި، ގއ. ކޮލަމާފުށި، ށ. މާއުނގުދޫ އަދި ފ. ނިލަންދޫ ވެސް އޮތީ މޮނިޓަރިންގ ގަ އެވެ.