އައްޑޫ ސިޓީން އިތުރު 23 މީހުންނަށް ކޮވިޑު ޖެހިއްޖެ އެވެ.

އައްޑު އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ތަފާސް ހިސާބަށް ބަލާ އިރު، މިއަދު ޕޮޒިޓިވް ވެފައިވަނީ 16 ދިވެހީންނާއި 7 ބިދޭސީން ނެވެ.

އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި 3 މީހުންނާއި ޑައިރެކްޓް ކޮންޓެކްވި 4 މީހުންނާއި މަރަދޫއިން ފްލޫ ކްލިނިކަށް ދެއްކި 3 މީހުން އަދި ޑައިރެކްޓް ކޮންޓެކްޓް ވި 3 މީހުން ނެވެ.

މީގެ އިތުރުން މަރަދޫފޭދޫ އިން ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ރެންޑަމް ސާމްޕަލުން ޕޮޒިޓިވް ވި މީހަކާއި ފޭދޫއިން ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި 8 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިއާއެކު އެ ސިޓީގެ ހިތަދޫގައި 73 ކޭސް، މަރަދޫ ގައި 28 ކޭސް، މަރަދޫފޭދޫގައި 14 އަދި ފޭދޫގައި 131 ކޭސް މިހާތަނަށް ވަނީ ފެނިފަ އެވެ.

އައްޑު ސިޓީން މިހާތަނަށް 1476 ކޭސް ފެނިފައިވާ އިރު، 1227 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްގެ އަދަދަކީ 246 އެވެ.

ކޮވިޑު ބަލީގައި އައްޑު ސިޓީން މަރުވެފައިވަނީ 3 މީހުން ނެވެ.