މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރި އިރު އިންޑިއާއިން ވަނީ ސިއާޗެން ގްލޭސިއާ ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. މިއީ ދުނިޔޭގެ އެންމެ އުހުގައި ހިމެނޭ ހަނގުރާމައިގެ މައިދާނެއެވެ. އިންޑިއާގެ ސަރަހައްދެއްކަމަށްވާ ސިއާޗެން ގަނޑުފެން ގަނޑަށް ޗައިނާއާއި ޕާކިސްތާނުންވެސް ދައުވާ ކުރެއެވެ. އަދި މި ސަރަހައްދުން ބައެއް އޮންނަނީ ޗައިނާގެ ދަށުގައެވެ.
ސީއަޗެން ގްލޭސިއާ އަކީ އިންޑިއާގެ ޔޫނިއަން ޓެރިޓްރީ ލަދާކްގެ ބައެކެވެ.
ކުރިން ސިވިލިއަނުންނަށް ސިއާޗެންއާ ކައިރިއަށް ދިއުމަކީ މަނާ ކަމެކެވެ. ސިއާޗެން އޮންނަނީ ކަރާކުރަމް ފަރުބަދައިގެ ސަރަހައްދުގައެވެ.