ނޭޕާލް ސަރުކާރާއެކު މަޝްވަރާތައް ބޭއްވުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް މަސްއޫލުވެރިއަކު ކަތްމަންޑޫއަށް ވަޑައިގެންފިއެވެ.

ޗައިނާއާ ރަޙުމަތްތެރި، ކޭޕީ ޝަރްމާ އޯލީގެ ސަރުކާރު ވެއްޓުނު ފަހުން ޝޭރް ބަހާދުރު ޑޫބާ ވަނީ އައު ސަރުކާރެއް އެކުލަވާލާފައެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ނޯރދަން ޑިވިޝަންގެ ހެޑް އަނޫރާގް ޝްރިވާސްޓަވާ ގެ ދަތުރުފުޅުގައި ޑޫބާގެ ސަރުކާރުގެ މަސްއޫލުވެރިންނާ އެކު މަޝްވަރާތައް ބާއްވާނެއެވެ.

މި ދަތުރުގައި އިންޑިއާއިން ނޭޕާލްގައި ހިންގާ ބައެއް ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންވެސް މަޝްވަރާތައް އޮންނާނެއެވެ.

އިންޑިއާއިން ނޭޕާލްގައި ހިންގާ ބައެއް ޕްރޮޖެކްތްތައް ވަނީ އޯލީގެ ސަރުކާރުގައި ހުއްޓިފައެވެ. ނުވަތަ ލަސް ވުމަކާ ކުރިމަތިލާން ޖެހިފައެވެ.