ދުރު ގައުމުތަކުން އެހެން ގައުމުތަކުގެ ސަރަހައްދާ މާކަނޑުގައި މަސްވެރިކަން ކުރުން ކޮންޓްރޯލް ކުރުވުމަށް މަސައްކަތް ކުރުމަށް އިންޑިއާއިން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައިފިއެވެ. ޑަބްލިއުޓީއޯގައި ވާހަކަ ދައްކަމުން އިންޑިއާއިން ބުނެފައި ވަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ހިތްވަރު ދޭން ވެއްޖެ ކަމަށެވެ. އިންޑިއާއިން ބުނެފައި ވަނީ ބޭނުންވާ ވަރަށް ވުރެން އިތުރަށް މަސް ހިފުން ހުއްޓުވަން ޖެހޭ ކަމަށެވެ.
މިއަހަރު ފަހުކޮޅު ޑަބްލިއުޓީއޯއިން ބޭއްވުމަށް ހަމަޖައްސާފައިވާ ބައްދަލުވުމެއްގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމާ ބެހޭ ގޮތުން ވަޒީރުންގެ ފެންވަރުގައި މަޝްވަރާތައް ބާއްވާނެއެވެ. މި ބައްދަލުވުމަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާއިން ހުށަހަޅާފައި ވަނީ ދުރު ކަނޑުތަކުގައި މަސްވެރިކަން ކުރުމަށް ދެވޭ ސަބްސިޑީ ހުއްޓުވުމަށެވެ. އިންޑިއާއިން ހުށަހަޅާ ގޮތުގައި މާކަނޑުގައި މަސްވެރިކަން ކުރާ ފަރާތުން އެފަރާތުން ކުރާ މަސްވެރިކަމަށް ފައިސާ ދޭން ޖެހޭނެއެވެ.
އިންޑިއާއިން ހުށަހަޅާފައި ވަނީ ބޭނުންވާ ވަރަށް ވުރެން އިތުރަށް މަސްވެރިކަން ކުރާ ކަމަށް ކަނޑައަޅާނީ އެ ކަނޑެއްގެ ސަރަހައްދީ އިދާރާއަކުންނެވެ.