މާލެ ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ސައުދީ އަރަބިއްޔާގެ އެހީ ހޯދަން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މާތުރެހް އަބްދުﷲ އެމްއަލްދަސަންއާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ސަޢޫދީ ސަރުކާރުގެ ފަރާތުން މާލޭ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން މިހާރު ހިންގާ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެހީތެރިކަން ދެއްވިދާނެ އަދި ޝައުގުވެރިކަން ހުރި މަޝްރޫޢުތަކާބެހޭގޮތުން މަޝްވަރާތައް ކުރެވުނުކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮއްދޭ ގައުމެކެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ސަލްމާނު މިސްކިތާއި، އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.