މިއަހަރުގެ މިހާތަނަށް އައިއިރު ސުނާމީ ބިނާ ބަހައްޓާފައި ހުރި ސަރަހައްދު ފަސް ފަހަރު މަރާމާތުކޮށްފައިވާކަމަށް މާލެސިޓީ ކައުންސިލުންވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ މިހާތަނަށް ސުނާމީ ބިނާ ހިމެނޭ ސަރަހައްދު 5 ފަހަރެއްގެ މަތިން މަރާމާތު ކުރެވިފައިވާ ކަމަށެވެ. ސުނާމީ ބިނާ މައިޒާން ގާތަށް ނެއްޓި މިކަމުގެ ޝަކުވާތައް ގިނަބަޔަކު ދަނީ ކުރަމުންނެވެ. އެތަނަކީ ގިނަ ބަޔަކު ހިތްހަމަ ޖައްސާލުމަށް ޒިޔާރަތްކޮށް އުޅޭ ތަނެކެވެ.

ސުނާމީ ބިނާއަކީ 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގައި ނިޔާވި ދިވެހިންގެ ހަނދާނުގައި ބަހައްޓާފައިވާ ބިނާއެކެވެ. މިބިނާ ފުރަތަމަ ބަހައްޓާފައިވަނީ ލޮނުޒިޔާރަތްކޮޅުގައެވެ. ނަމަވެސް 2015 ވަނަ އަހަރު ސިނަމާލެ ބްރިޖް މަޝްރޫގެ މަސައްކަތް ކުރުމަށްޓްކައި އެ ބިނާ ތިން ރުއްޕާކު ސަރަޙައްދަށް ވަނީ ބަދަލުކޮށްފައެވެ.