ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ދައުވަތަކަށް އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބުދުﷲ ޝާހިދު މި މަހުގެ 6 އިން 9 އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ބުނީ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ރައީސް އާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަމުން ދިޔުމަކީ ރާއްޖެ އ.ދ.ގައި ބައިވެރިވުމަށްފަހު ފާއިތުވި މާޒީގައި ޚާރިޖީ ދާއިރާއިން ރާއްޖެއަށް ނުލިބޭހާ ބޮޑު ކުރިއެރުމެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.