އެއިޖިއަން ސީ ސަރަހައްދަށް އައި ބިންހެލުމާއި ގުޅިގެން ތުރުކީވިލާތަށާއި ގްރީސްއަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެއިޖިއަން ސީ އަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ބިންހެލުމާއި ގުޅިގެން އުފެދުނު ސުނާމީގައި ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ތުރުކީ ވިލާތަށާއި، ގްރީސްގެ ހާރިޖީ ވަޒީރުންނަށް ހުކުރު ދުވަހުގެ ރޭ ވަކިވަކިން މެސެޖް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރ ގެ މެސެޖްގައި މިކާރިސާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ގްރީސް އަދި ތުރުކީވިލާތުގެ ސަރުކާރާއި ރައްޔިތުންނާއެކުގައި ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.