އައްޑު ސިޓީން މިއަދު ވެސް މުޅިން އަލަށް 20 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވީ 17 ދިވެހީންނާއި 3 ބިދޭސީން ނެވެ.

އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ އިން 11 މީހުންނާއި މަރަދޫ އިން 4 މީހުންނާއި މަރަދޫފޭދޫ އިން 2 މީހުންނާއި ފޭދޫ އިން 3 މީހުން ނެވެ.

މިއާއެކު ހިތަދޫގައި 84 ކޭސް މަރަދޫގައި 24 ކޭސް މަރަދޫފޭދޫގައި 21 އަދި ފޭދޫގައި 96 ކޭސް ވަނީ ފެނިފަ އެވެ. އަދި މީދޫ އިން 2 ކޭސް ވަނީ ފެނިފަ އެވެ.

އައްޑު ސިޓީން މިހައިތަނަށް 1553 ކޭސް ފެނިފައިވާ އިރު، 1323 މީހުން ވަނީ ރަނގަޅުވެފަ އެވެ. އެ ސިޓީން ކޮވިޑު ބަލީގައި މިހައިތަނަށް ނިޔާވީ 3 މީހުން ނެވެ.