ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއާއި، ފޮރިން މިނިސްޓްރީގެ އިސްވެރިންނެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މިދަތުރު ފުޅުގައި މިއަދު އިސްކަންދަރު ސްކޫލުގެ ދަރިވަރުންނާއިވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް މުހިންމު އެހެން ބައްދަލުވުންތަކެއްވެސް މިއަދަށް ވަނީ ޝެޑިއުލް ކުރެވިފައެވެ. މިދަތުރުފުޅަކީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.