ޗައިނާއިން ކުރިމަތިވާ ނުރައްކަލާ ކުރިމަތި ލުމަށް ސީއައިއޭއިން ޗައިނާއަށް ޚާއްސަ މަރުކަޒެއް އުފައްދައިފިއެވެ. އެމެރިކާގެ މަރުކަޒީ ބޭރުގެ ޖާސޫސީ އިދާރާއިން ޗައިނާ މިޝަން ސެންޓަރ ހުޅުވާފައި ވަނީ ޗައިނާއިން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތި ލުމަށެވެ.
އެމެރިކާގެ މަޢުލޫމާތުގެ ރަސްމަގަށް ޗައިނާއިން ކުރިމަތިވާ ނުރައްކާތައް ދަނެގަނެ، އެއާދެކޮޅަށް ފިވަޅު އެޅުމަށްވެސް އެމެރިކާއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.