ސާފް ޗެމްޕިއަން ޝިޕް (ސާފް) ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗު ބައްލަވައިލެއްވުމަށް، ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، ނަމާލް ރާޖަޕަކްޝާ ރާއްޖެ ވަޑައިގެންފި އެވެ.

ނަމާލް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފެވެ.

މެޗު ބައްލަވާލެއްވުމަށް ފަހު ނަމާލް މިރޭގެ ވަގުތެއްގައި އެނބުރި ލަންކާއަށް ވަޑައިގަންނަވާނެ އެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗު އޮންނާނީ މިއަދު ހަވީރު 04:00 ގަ އެވެ.