ވަރލްޑް ބޭންކްގެ ރައީސާ ކްރިސްޓީނާ ޖޯރޖީވާ، ޗައިނާއަށް ފަހިވާ ގޮތަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އިތުރު ތަފްސީލު ހޯދުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން މަސައްކަތް ފަށައިފިއެވެ. އައިއެމްއެފްއިން ބުނެފައި ވަނީ މިހާރު ހިނގަމުންދާ ތަހްގީގު ވަރަށް އަވަހަށް ނިންމާ ލެވޭނެ ކަމަށެވެ.
ވަރލްޑް ބޭން ކުން އިއުލާން ކުރި ގޮތުގައި އެބޭންކުގެ ބައެއް ސްޓާފުން ވަނީ ޗައިނާއާ ގުޅިގެން ވަރލްޑް ބޭންކުން ގައުމުތައް ދަރަޖަ ކުރާ އުސޫލުތައް ޗައިނާއަށް ފަހިވާ ގޮތަށް ބަދަލު ކޮށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައެވެ.
ޑުއިންގ ބިޒްނަސް އިންޑެކްސްގައި ޗައިނާއަށް ފަހިވާ ގޮތަށް އުސޫލުތައް ބަދަލުކޮށްފައި ވުމުން މިހާރު ވަރލްޑް ބޭން ކުން ވަނީ ގައުމުތައް ދަރަޖަ ކުރުން ހުއްޓާލާފައެވެ.
ޖޯރޖީވާ ވިދާޅުވެފައި ވަނީ ވަރލްޑް ބޭންކުގެ ސްޓާފުން ރިޕޯޓް އެކުލަވާލާ ގޮތަށް ބަދަލު ގެނަސްފައިވާނެ ކަމަށެވެ. އަދި އެއްވެސް ކޮރަޕްޝަންގެ ހަރަކާތެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ.
ޑުއިން ބިޒްނަސް އިންޑެކްސްއަކީ ގައުމުތައް ވިޔަފާރިއަށް ފަހިކޮށް ފައްކާކޮށްފައިވާކަން ދައްކަދޭ ގޮތަށް ގައުމުތައް ދަރަޖަ ކުރާ މިންގަނޑެވެ.