ޖަޕާނުގެ އަންހެނުންނަކީ ހިމަތޮޅި، އެހާމެ ތުނިވެފައި އަބަދުވެސް ވަރަށް ޒުވާންކޮށް ތިބޭ ބައެކެވެ. ވަރަށް ގިނަ މިހުންގެ ހިތުގައި އުފެދޭ ސުވާލެއް އޮވެއެވެ. ޖަޕާނުގެ އަންހެނުން އެހާ ހިމަތޮޅި އަދި ތުނިވެފައި ޒުވާންކޮށް ތިބެނީ ކީއްވެހެއްޔެވެ. އެމީހުން ކަނީ ކޯއްޗެއް ހެއްޔެވެ؟ އެމީހުންނަކީ އެހާމެ މަޑުން ހިނގާ ވަރަށް ވެސް ލަދުވެތިކޮށް އުޅޭބައެކެވެ. ޖަޕާން އަންހެނުންގެ ޒުވާންކަމުގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތަކެއް އެކުލެވިގެން ވެއެވެ.

މި ކަންކަމަކީ އެމީހުންގެ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އުސޫލުތަކާއި އާދަކާދަތަކެކެވެ. މިއީ އެމީހުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އަށަގެންފައިވާ ކަންކަމެވެ.

މިގޮތުން މިފަހަރު އަޅުގަނޑު ތިޔަބޭފުޅުންނާއި ހިއްސާ މި ކުރާނީ އޭގެތެރެއިން 1 ކަމަކެވެ. ވަރަށްވެސް އާދައިގެ ކަމެކެވެ. ގްރީންޓީ އަކީ ޖަޕާނު މީހުންގެ ކޮންމެ ދުވަހެއްގެ ކެއުން ބުއިމުގައި އެކުލެފައިވާ ބުއިމެކެވެ. ގްރީންޓީ އަކީ މި ދުނިޔެމަތީގައިވާ ސިއްޙި ގޮތުން އެންމެ ފައިދާ ހުރި އެއް ބުއިންކަމުގައި ވަނީ ބެލެވިފައެވެ. ސަބަބުތަކެއް ނެތިއެއްނޫނެވެ. ގްރީން ޓީ އަކީ 8 ވަނަ ޤަރުނުން ފެށިގެން ޗައިނާގައި ބޭނުންކުރަމުން އަންނަ ބުއިމެކެވެ. އަދި ހަމަ އެއާއިއެކު ގްރީން ޓީ އަކީ ވަރަށް ގިނަ ސަގާފަތްތަކުގައި ބޭސްވެރިކަމުގައި ބޭނުންކުރާ ބާވަތެކެވެ. އިންޑިއާގައި ލޭ މަނާކުރުމަށާއި ފާރުހިއްކުމަށް ގްރީން ޓީ ބޭނުންކުރެއެވެ. ގްރީން ޓީ އަކީ ސިކުނޑި އަދި ހިތުގެ ދުޅަހެޔޮކަމަށާއި ހަށިގަނޑުގެ ފިނިހޫނުމިން ދެމެހެއްޓުމަށް އެހީވާ ބާވަތެކެވެ. މީ ގައި އެކުލެވިފައިވާ އެންޓިއޮކްސިޑެންޓްގެ ސަބަބުން އެ ބޭނުންކުރާ ފަރާތްތަކަށް ވަރަށްވެސް ގިނަގުނަ ސިއްޙި ފައިދާތަކެއް ލިބިދެއެވެ. ގްރީން ޓި އަކީ ސްޓްރޯކް ޖެހުމުން ދުރުކޮށްދިނުމާއި، ކެންސަރު ބަލިންނާއި، ހަކުރުބަލި އަދި ހިތުގެ ބަލި ތަކުން ދުރުހެލި ކުރުމަށް އެހީވެދޭ ބާވަތެކެވެ.

ޖަޕާން އަންހެނުންގެ ކެއުންބުއިމުގެ ތެރޭގައި ދުވާލަކު 2 ނުވަތަ 3 ޖޯޑު ގްރީން ޓީ ހިމެނެއެވެ. ވީމާ، ތިޔަ ބޭފުފުޅުންވެސް އަޖުމަ ބަލައިލުމަށް ކޮންމެ ދުވަހެއްގެ ކެއިންބުއިމުގައި ގްރީން ޓީ ހިމަނުއްވާ ހަށިގަނޑަށް އަދި ސިއްޙައްތައް އަންނަ ބަދަލު ބައްލަވާލައްވާށެވެ.