އައިޖީއެމްއެޗް ހޮސްޕިޓަލްގައި މިއަދު ވިހެއި އެއްމާބަނޑު ތިން ކުދިން މަރުވެއްޖެ އެވެ.

މިއަދު މަރުވެފައިވަނީ ދެކުނުގެ އައްޑޫ ސިޓީއަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު ތިން ކުދިންނެވެ. އެ ކުދިން އުފަންވީ 21 ހަފްތާގައެވެ.

މިކުދިން ނިޔާވީ އަންހެންމީހާގެ ފެންދުލި ފަޅައިގެން ގޮސްގެން، ދުވަސް ނުފުރާ ވިހެއުމަށްފަހު ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް ބުނެފައިވަނީ މި ތިންކުދިން މަރުވީ އުފަންވިތާ ހަގަޑިއެއްހާއިރު ފަހުންނެވެ. ކުދިން މަރުވި ވިހެއުމަށްފަހު އެންއައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.