ޕެންޝަން އޮފީހުގެ ސީއީއޯ ކަމުން ޖޯން ގްރިންޑަލް ދުރުކޮށް ކޮށްފި އެވެ.

އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރަށް ވަޒީފާ ހަމެޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ އޮފީހުން ބުނީ ގްރިންޑަލް މަގާމުން ވަކިކުރަން ނިންމީ، ޕެންޝަން އޮފީހުގެ ބޯޑުން ކަމަަށެވެ.

ސީއީއޯ ވަކިކުރުމުގެ ނިންމުން މިއައީ، އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފެންމަތިވެފައިވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ. މީގެ މަހެއްހާ ދުވަސް ކުރިން ކުރި އެ ތުހުމަތު ޕެންޝަން އޮފީހުން ވަނީ ދޮގުކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޖޯން ގްރިންޑާލް ވަޒީފާ އިން ވަކިކުރުމުން މިހާރު އޭނާ ގައުމަށް ވަޑައިގެންފައެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ބޭފުޅެކެވެ.