އިންޑިއާގެ ގިނަ އަދަދެއްގެ ޓީވީ ޗެނަލްތައް ހިންގާ ޒީ ކުންފުނި ގަތުމަށް ސޮނީ ކުންފުނިން އެއްބަސްވެފައި ވަނިކޮށް، އިންޑިއާގެ ރިލައެންސް ކުންފުނިން ޒީ ނެޓްވަރކް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ. ޒީގެ ހިއްސާދާރެއްކަމަށްވާ ކުންފުނީގެ 18 އިންސައްތަގެ މިލްކުވެރިޔާ އެމެރިކާގެ އިންވެސްކޯ ކުންފުނިން ބޭނުން ވަނީ ޒީ ނެޓްވަރކް ސޮނީއަށް ވިއްކުމުގެ ބަދަލުގައި ރިލައެންސަށް ވިއްކާށެވެ.

ރިލައެންސަކީ މިހާރުވެސް ނިއުސްނެޓްވަރކް18އާއި ވީއެހް1އާއި ނިކަލޯޑިއަންއާއި އެމްޓީވީއާއި ސީއެންއެން ނިއުސް18އާއި މަނީކޮންޓްރޯލްއާއި ސީއެންބީސީ 18 ޗެނަލްތައް ހންގާ ކުންފުންޏެވެ.

އޭޝިއާގެ މަހާސާދާގަރު މުކޭޝް އަމްބާނީ އަކީ މީޑިއާއާއި މީސްމީޑިއާގެ ގިނަ ދާއިރާތަކުގެ ހިއްސާދާރު ރިލައެންސްގެ ވެރިޔާއެވެ.