އިންޑިއާގެ އެތެރޭގެ އުދުންތަކަށް ބާރު ބޮޑު ވުމާ ގުޅިގެން މަތިންދާބޯޓްތަކުގެ ހުރިހައި ގޮނޑިތައް ފުރޭގޮތަށް ފަސިންޖަރުން ލުން ހުއްދަ ކޮށްފިއެވެ. ކޯވިޑް19އާ ގުޅިގެން އެޅި ފިޔަވަޅުތަކުގައި މަތިންދާބޯޓްތަކުގައި ގޮނޑި ފުރުމަށް ހުއްދަ ދީފައި އޮތީ 85 އިންސައްތައަށެވެ. އަލަށް ހަމަޖެއްސި ގަވާއިދުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ސައްތައިން ސައްތައަށް ގޮނޑިތައް ފުރާލުން ހުއްދަ ވާނެއެވެ. އެހެން ނަމަވެސް ދަތުރުތަކުގައި ކޯވިޑް ޕްރޮޓޮކޯލަށް އަމަލުކުރުން މަޖުބޫރު ވާނެއެވެ.