މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް، ފޮރެންސިކް އަދި ޑީއީޑީ ގުޅިގެން ފާއިތުވި 24 ގަޑިއިރު ހިންގާފައިވާ އޮޕަރޭޝަންގައި 10 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށާއި 10 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

މި މީހުންގެ އަތުން 100 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. ނަމަވެސް މީހުންގެ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.