ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާންމުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު ނަބީލް، 36، ދެ މަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކޮށް ބަންދުން ދޫކޮށްލައިފި އެވެ.

ނަބީލް ހައްޔަރުކޮށްފައިވަނީ އޭނާގެ އަމިއްލައަށް ބަރަހަނާވާ ވީޑިއޯއެއް އާންމު ކުރުމުން މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. މަހަކަށްވުރެއް ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ނަބީލް ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ.

ނަބީލްގެ މައްޗަށް ދައުލަތުން ތުހުމަތުކުރަނީ އޮރިޔާން ކާޑު އުފެއްދުމުގެ ކުށެވެ. އޭނާ ބަންދުގެ މުއްދަތު މުއްދަތު ރިވިއުކުރަން ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކަކާއެކު ނަބީލް ބަންދުން ދޫކޮށްލުމަށެވެ. ކޯޓުން ނަބީލަށް ކުރި ޝަރުތަކީ ދެ މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓް ނުކުރުމެވެ. އަދި އެ ޝަރުތަށް ނަބީލް އެއްބަސްވުމުން ވަނީ ދޫކޮށްލާފަ އެވެ.