ތާލިބާންގެ ސަރަހައްދީ މަސްއޫލުވެރިން އާންމު ތަންތާނގައި މީހުން ދަންޖައްސައި ނުހެދުމަށް ތާލިބާން ސަރުކާރުން އަންގައިފިއެވެ. ތާލިބާންގެ ވެރިކަމުގައި އާންމު މައިދާންތަކުގައި މީހުން ދަންޖެއްސުމާއި އަތް ކެނޑުމާއި މީހުން ހައްދު ޖެހުމާއި ދުއްރައިން ތެޅުމަކީ ކޮންމެ ސަހަރެއްގައި އެތަނެއްގައި ކަމާ ހަވާލުވެ ހުންނަ ކޮންމެ މަސްއޫލުވެރިއަކުވެސް ކުރާ ކަމެވެ. މިއީ ނުބައި ކަންކަން ހުއްޓުވުމަށް ތާލިބާނުން ކުރާ މަސައްކަތެއް ކަމުގައި ބުނެއެވެ.

ތާލިބާންގެ ވަޒިރުންގެ މަޖިލީހުން މަސްއޫލުވެރިންނަށް އަންގާފައި ވަނީ އަފްޣާނިސްތާނމްގެ އެންމެ މަތީ ކޯޓުން މީހަކު ދަންޖައްސަން ނުވަތަ ނުވަތަ މީހަކަށް އަތްކެނޑުމަމށް ޙުކުމް ނުކުރާހައި ހިނދަކު އެކަމެއް މަސްއޫލުވެރިން އަމިއްލައަށް ނުކުރުމަށެވެ. އަދި މީހަކަށް އަދަބެއް ދޭނަމަ، އެ އަދަބެއް ދެނީ ކީއްވެގެންކަންވެސް ރައްޔިތުންނަށް ސާފުކޮކޮށް ދިނުމަށް ތާލިބާނުން އެދިފައި ވެއެވެ.