އާރމީނިއާއަށް މުދާ އެތެރެ ކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް އިންޑިއާއާއެކު މަޝްވަރާ ކޮށްފިއެވެ. އަރމީނިއާއާއި ކަނޑުގެ ސަރަހައްދު ހިއްސާ ކުރާ ގައުމެއް ނޫނެވެ. މިއީ ވަށައިގެން ބަންދުވެފައިވާ ގައުމެއްކަމުން، އާރމީނިއާއިން މުދާ އެތެރެ ކުރުމަށް ބަރޯސާ ކުރަނީ ވައިގެ ދަތުރުތަކަށާއި އީރާނަށެވެ.

އާރމީނިއާގެ ވެރިރަށް ޔެރަވަންގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖަޔަޝަންކަރު ބާއްވާފައިވާ މަޝްވަރާތަކުގައި އޭނާ ހުށަހަޅުއްވާފައި ވަނީ އަރމީނިއާއިން މުދާ އެތެރެ ކުރުމަށް އީރާންގައި ހަދާފައިވާ އިންޑިއާ ބަނދަރު ބޭނުން ބޭނުން ކުރާށެވެ.

ނޯރތު ސަތު ޓްރާންސްޕޯޓް ކޮރިޑޯގެ ނަމުން ދެކުނުން އުތުރަށް މުދާ ފޮނުވުމަށް ފަސޭހަ ކުރުމަށް ހަދާފައިވާ އީރާންގެ ޗާބާރު ޕޯޓަކީ އިންޑިއާގެ އިންވެސްޓްމެންޓެކެވެ. މިއީ ތާލިބާނުން ވެރިކަމަށް އައުމުގެ ކުރިން އީރާންގެ މުދާ އަފްޣާނިސްތާނަށް ގެންދިއުމަށްވެސް ރާވާފައި އޮތް މަގެވެ. އިންޑިއާއިން މަސައްކަތް ކޮށްފައި ވަނީ ޗާބާރު ބަނދަރުން އަފްޣާނިސްތާން ސަރަހައްދާ ހަމައަށް ރޭލްވޭއެއް އެޅުމަށެވެ.

2018 ގައި އިންޑިއާއިން އީރާނާއެކު ސޮއިކޮށްފައި ވަނީ ޗާބާރު ޕޯޓް ތަރައްގީ ކުރުމަށް 85 މިލިއަން ޑޮލަރު އިންވެސްޓް ކުރާށެވެ.