ޕާކިސްތާންގެ ވެރިރަށާއި އަފްޣާނިސްތާންގެ ވެރިރަށާ ދެމެދު ބާއްވާ ވައިގެ ދަތުރުތަކުގައި ބޮޑު އަގުގައި ޓިކެޓް ވިއްކާތީ ތާލިބާން ސަރުކާރުން އިންޒާރު ކޮށްފިއެވެ. ޕާކިސްތާންގެ ގައުމީ އެއަރލައިން ޕީއައިއޭއާއި އަފްޣާނިސްތާންގެ ކާމް އެއަރ އިން އިސްލާމްއާބާދާއި ކާބުލްއާ ދެމެދުގެ ދަތުރަކަށް ނަގަނީ 2500 ޑޮލަރެވެ.

ތާލިބާންގެ ސިވިލް އެވިއޭޝަން އޮތޯރިޓީން އިންޒާރުކޮށްފައި ވަނީ ތާލިބާނުން ވެރިކަމަށް އައުމުގެ ކުރިން ނަގާ އަދަދަށްވުރެން އިތުރަށް ބޮޑު އަގުގައި މި ދޭތެރޭގެ ޓިކެޓްތައް ވިއްކަނީނަމަ، ކާމް އެއަރއާއި ޕީއައިއޭގެ ދަތުރުތައް ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ.

ތާލިބާނުން އެދިފައި ވަނީ އަގު ބޮޑުކޮށް ޓިކެޓް ވިއްކަނީނަމަ، އެ މައްސަލަ އާންމުން ރިޕޯޓް ކުރުމަށެވެ.