މޫސުން ގޯސްވުމުން މާލެ، ވިލިމާލެ ފެރީގެ ޚިދުމަތް މެދުކަނޑާލައިފި އެވެ.

އެ ޚިދުމަތް ދެމުން ގެންދާ ކުންފުނި އެމްޓީސީސީން ބުނީ ފެރީގެ ޚިދުމަތް މެދުކަނޑާލަން ޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.

އެ ކުންފުނިން ބުނީ މޫސުމަށް ބެލުމަށް ފަހު، މިވަގުތު ވެސް އެއްފެރީން ޚިދުމަތް ދެމުން ގެންދާ ކަމަށާއި ނަމަވެސް މޫސުން ރަނގަޅުވުމުން ކުރިއެކޭ ވެސް އެއްގޮތަށް ފެރީގެ ޚިދުމަތް ދޭނެ ކަމަށެވެ.

އެމްޓީސީސީން ފެރީގެ ޚިދުމަތް މެދުކަނޑާލާފައިވާ އިރު، މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މިރެއާއި މާދަމާ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، މޫސުން ގޯސްވާނެ ކަމަށެވެ.

އެ އިދާރާއިން ރޭ ދަންވަރުން ފެށިގެން މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލަރޓް ނެރެފައިވާ އިރު، މޫސުމާއިގުޅިގެން ކަނޑުމަތީގެ ހާދިސާތަކެއް ވެސް އަންނަނީ ހިނގަމުން ނެވެ.