ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ލިބުނު ފައިދާ 15 އިންސައްތަ އިތުރުވެއްޖެއެވެ.

ބީއެމްއެލްއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ލިބިފައިވަނީ 224 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި އެ ބޭންކަށް 259 މިލިއަން ރުފިޔާ ލިބިފައިވާތީ މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 15 އިންސައްތައިގެ އިތުރުވުމެކެވެ.

3 ވަނަ ކުއާޓަރުގައި ބޭންކަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ކޯވިޑް19 އިން އަރައިގަނެ އިޤްތިޟާދު ރަނގަޅުވަމުން އަންނާތީކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ވަނީ ތިން ވަަނ ކުއާޓާަރ ގައި ލޯނު ދެއްކުން 3 މަހަށް ފަސްކޮށްދިދީފައެވެ.