ހއ. އިހަވަންދޫ އިންޖީނުގޭގެ ޑެގްރޫމް ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
އެކުންފުނީން ވިދާޅުވެފައިވަނީ އެ މަސައްކަތުގެ %80 މިހާރު ވަނީ ފުރިހަމަ ކުރެވިފައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސަތްކަތް ފަށައިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަދުވަހު އެވެ.
އެރަށު އިންޖީންގޭގެ މަސައްކަތް އެއްކޮށް ނިމުމުން އެ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ. އަދި ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ފެނަކައިން މިހާރު ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ރަށްރަށުގައި އަލަށް އިންޖީންގެތައް އެޅުމުގެ މަޝްރޫއެވެ. އެމަޝްރޫގެ ދަށުން މިއަހަރުގެ ނިޔަލަށް 40 އިންޖީނުގެ ހުޅުވޭނެ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.