މާލޭގެ ޕްރީސް ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ވަޒީފާ އިން ސަސްޕެންޑް ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ސްކޫލަށް ހުށަހެޅި ކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބުމާއެކު އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާކަމަށެވެ.

މިކަމުގެ މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައްވަނީ އަޅާފައިކަމަށާއި، އެގޮތުން މައްސަލަ ބަލައި ނިމެންދެން، މި މައްސަލަ ރައްދުވާ ފަރާތް ހުންނާނީ ސަސްޕެންޑް ކުރެވިފައިކަމަށެވެ. އަދި މި މައްސަލަ ތަހުޤީޤު ކުރުމަށްޓަކައި މިހާރުވަނީ ތަހުޤީޤީ އިދާރާއާ ހަވާލުކުރެވިފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު އިއްޔެ ވިދާޅުވީ މާލޭގެ ސްކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އެކަމަކު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.