މާލެ އުސްފަސްގަނޑާ ދިމާލުން އޮޔާދިޔަ މީހަކު ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މިއަދު އެކަނި ބޯވަ ނަގަން ގޮސްއުޅުނު މީހަކު މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާގޮސްފައިވާކަމަށެވެ.
މި މީހާ ފެނިފައިވަނީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމަށާއި، މިހާރު އެ މީހާ ޕޮލިސް ހެޑްކްއޯޓަރޒްއާ ހަވާލުކޮށްފައިވާކަމަށެވެ.
އޮޔާ ދަނިކޮށް ސަލާމަތްކޮށްފައިވަނީ ދިވެއްސެއްކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.