ކާށިދޫ ކަނޑަށް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ދެންމެ ބުނީ މާލެއިން ބ އަތޮޅަށް ދަތުރުކުރި ބޯޓަކުން މީހަކު ގެއްލިފައިވާ ކަމަށެވެ. ގެއްލިފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. ގެއްލިގެން ހޯދަނީ ދިވެއްސެކެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ހުޅުމާލެއިން ފުރައިގެން ބ. އަތޮލަށް ދަތުރުކޮށްފައި ދިޔަ ދޯންޏަކުން ކާށިދޫއާ 6 ނޯޓިކަލް މޭލު ބޭރުން މީހަކު މޫދަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށާފައިވާކަމަށެވެ.

އެމީހާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި އަޅިކުލައިގެ ޓްރެކްޝޫޓެއް ކަމަށް އެމްއެންޑީއެފުން މައުލުމާތުދެއެވެ.

ފުލުހުން ބުނީ އެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 11 ޖެހިއިރު ކަމަށެވެ.