ކާށިދޫ ކަނޑަށް ގެއްލުނު މީހާ ފެނިއްޖެ އެވެ.

ހުޅުމާލެއިން ފުރައިގެން ބ. އަތޮލަށް ދަތުރުކޮށްފައި ދިޔަ ދޯންޏަކުން ކާށިދޫއާ 6 ނޯޓިކަލް މޭލު ބޭރުން މީހަކު މޫދަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފެށިކަން ހާމަކޮށްފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

ފުލުހުން ދެންމެ ބުނީ ކަނޑަށް ވެއްޓުނު މީހާ ފަތާފައި ކާށިދޫއަށް އަރާފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ. އަދި އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ ސުވާލު ކުރުމަށް ކަމަށް ބުންޏެވެ.