ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އއ. އަތޮޅަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ރައީސް ވަޑައިގަންނވާނީ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދުއަށް ކަމަށެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫޢުތައް ބައްލަވައިލައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ބައެއް މަޝްރޫޢުތަކުގެ ނިމުން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.