ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެންޓި-ޓޯޗަރ ގާނޫނަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތް ކުރައްވާ މިޑްލް މެނޭޖަރސްއަށް އަމާޒުކޮށް އެންޓި-ޓޯޗަރ ގާނޫނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް މި ސެޝަން ބައްވާފައިވަނީ ކ. މާފުށީގަ އެވެ.

މި ސެޝަނުގެ މަޤްޞަދަކީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަކީ އިންސާނީ ޙައްޤުތަކާމެދު ހޭލުންތެރި، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ފަރާތްތަކަކަށްވުމަށް ބާރުއެޅުމެވެ. އަދި ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2013/13( އެންޓި ޓޯޗަރ ޤާނޫނު 2013 )އާއ ޤައުމީ އަދި ބައިނަލްއަޤްވާމީ އެހެނިހެން މިންގަނޑުތަކާއި، ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން އިދާރާތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ.