ށ. ނަރުދޫގައި އަލަށް ތަރައްގީ ކުރި ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގޭގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށައިފިއެވެ.

ފެނަކައިން ނަރުދޫ އާ އިންޖީނުގެ އެޅުމަށް 5.1 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސީސައިޑް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލު ކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ފެނަކައިން ބުނީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ނަރުދޫގައި ތަރައްގީ ކުރެވުނު އައު އިންޖީނުގެ އިމާރާތުގެ 100 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

އާ އިންޖީނުގެއާ އެކު އޮފީސް ބައި ވެސް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި މި އިންޖީނުގެއާއެކު ރައްޔިތުންނަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަށް ދެވިގެންދާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.

އެ ރަށުގައި އަލަށް ތަރައްގީ ކުރީ 250 ކިލޯވޮޓުގެ އިންޖީނުގެއެކެވެ.