ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

މި މަސައްކަތް ކުރި އެމްޓީސީސީން ބުނީ އެ މަޝްރޫއު ނިމިފައިވަނީ 27 ސެޕްޓެމްބަރ 2021 ވަނަ ދުވަހުއެވެ.

އެމަޝްރޫޢުގެ ދަށުން 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1200 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ރިވެޓްމެންޓް ޖަހާ ޙިމާޔަތްކޮށްފައެވެ.

މި މަޝްރޫޢުއަކީ 85.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.